ކުޑަކުދިންނަށް ބަހެއް
- އަޚުލާޤު ހެޔޮ އަށަގަންނަމާ! އަޅުކަންތަކަށް އިސްކަންދެމާ!
- ވަގުތަށް މަސައްކަތް ނިންމަމާ! ވަރުގަދަ ޢަޒުމުގައި ކިޔަވަމާ!
- ނިދުމުގެކުރިން ދަތް އުނގުޅަމާ! ނިދަމުން"ޝަހާދު" ކިޔާލަމާ!
- ކިޔުމުގެ ގޮތުން ފޮތްހުޅުވަމާ! ފަޖުރުގެ ދެރަކްޢަތް ކޮށްލަމާ!
- ކެއުމުގެ ކުރިން އަތްދޮވެލަމާ! ފެށުމަށްވި " ބިސްމި" ކިޔާލަމާ!
- ކެއުމަށް ދެއަތް އިސްނުކުރަމާ! ކެއުމުގެ އަދަބު ހިފަހައްޓަމާ!
- ދެއްވާ ފިލާވަޅު ނިންމަމާ! ޝައުޤުން ކިޔާ ދަސްކޮށްލަމާ!
- ގެންދާނެ ފޮތް ހަމަކޮށްލަމާ! ފަރުވާތެރިވެ ގަޑިއަށް ދަމާ!
- މަގުގައި ހިނގާއިރު ވިސްނަމާ! ބޮޑު މީހަކާ އެކުގާ ދަމާ!
- މަގުގައި މެދުން ދާން ނޫޅެމާ! ދުއްވާ ތަކެއްޗަށް ތަންދެމާ!
- ބަލިވެއްޖެނަމަ ކެތް ކޮށްލަމާ! "ތަދުވޭ" ކިޔާ ރޮއި ނަހަދަމާ!
- ހިތި ބޭހަކަށް ގަދަ ނުހަދަމާ! ފެން ތައްޓަކާއެކު ބޯލަމާ!
- ކުރިއަށް ފިކުރު ހިންގާލަމާ! އިސްރާފު ތަކެތިން ނުކުރަމާ!
- ހުރި މިންވަރުން ފުއްދާލަމާ! ޝަކުވާ ތަކެއްކޮށް ނުހަދަމާ!
- ދޮގުތައް ބުނުން ހުއްޓާލަމާ! ތެދު ބުނުމުގާ ފަސްނުޖެހެމާ!
- ގޮތުގައި ރަގަޅު ދެމިހުންނަމާ! މަކަރާއި ޙީލަތް ނުހަދަމާ!
- ކިޔަމުން މިޅެން ވިސްނާލަމާ! ޢަމަލުން މިކަން ދައްކާލަމާ!
- ކިޔަމަންވެ އުޅުމަށް ނިންމަމާ! ހެޔޮބަސް ޤަބޫލު މިކޮށްލަމާ!
No comments:
Post a Comment